ރާއްޖެއަށް، ޖައްވާ ގުޅޭ އދ. ގެ ކޮމިޓީގެ މެންބަރުކަން
މިހާރު
7 ނޮވެމްބަރު 2025 | ހުކުރު | 12:59
ޖައްވާ ގުޅޭ އދ. ގެ ކޮމިޓީގެ މެންބަރުކަން ރާއްޖެ އިން ހޯދައިފި އެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ، ސުލްހަވެރިކަމާ އެކު، ބޭރު ޖައްވު ދިރާސާކޮށް، ބޭނުންކުރުމުގެ މަގުސަދުގައި ގައުމުތަކުގެ ދެމެދުގައި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރާ "ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސް" (ކޮޕުއަސް) އަށް ހޮވުމުން ރާއްޖެ އަށް ފުރުސަތުތައް ލިބޭނެ ކަމަށެވެ.
އޭގެ ތެރެއިން، އެ މަސައްކަތާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑު ބައްޓަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީ އާއި އީޖާދީ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ ކަންކަމުގައި ރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.