ބީއެމްއެލްގެ އެހީތެރިކަމާ އެކު "ވަރަ އެކްސްޕޯ" ހުޅުމާލޭގައި ފަށައިފި
މިހާރު
7 ނޮވެމްބަރު 2025 | ހުކުރު | 9:27
ރާއްޖޭގެ އެންމެ ކަސްޓަމަރުން ގިނަ ބޭންކު، ބީއެމްއެލްގެ އެހީތެރކަމާ އެކު، ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ ނުވަތަ "ވަރަ އެކްސްޕޯ 2025" ހުޅުމާލޭގައި އިއްޔެ ފަށައިފި އެވެ.
ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް މިނިސްޓްރީން އިންތިޒާމު ކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާދަމާ ރޭގެ 10 ޖަހަންދެން ކުރިއަށް ގެންދާ މި އެކްސްޕޯގެ ބޭނުމަކީ، ވަޒީފާ އާއި ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދީ، ދިވެހި ޒުވާނުން ބާރުވެރިކުރުން ކަމަށް ބީއެމްލުން ބުންޏެވެ.
މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އެވެ.