"ވަރަ އެކްސްޕޯ 2025" ފަށައިފި
މިހާރު
7 ނޮވެމްބަރު 2025 | ހުކުރު | 10:40
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމު ކޮށްގެން ހުޅުމާލޭގައި ބާއްވާ "ވަރަ އެކްސްޕޯ 2025" ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އިއްޔެ އިފުތިތާހުކޮށްދެއްވައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މާދަމާ ރޭގެ 10 ޖަހަންދެން ކުރިއަށް ގެންދާ "ވަރަ އެކްސްޕޯ" ފެށީ އިއްޔެ ހަވީރެވެ.
ރައީސް އޮފީހުން ބުނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބާއްވާ އެ އެކްސްޕޯގައި ތައުލީމާއި ތަމްރީނާއި ހުނަރާ ގުޅުން ހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވާ ކަމަށެވެ.