ގަވާއިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަން ބޯޓެއް ސިފައިންގެ ޑްރޯންގެ އެހީގައި ހޯދައިފި
މިހާރު
7 ނޮވެމްބަރު 2025 | ހުކުރު | 2:51
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ޑްރޯންގެ އެހީގައި ހޯދައި، ހުއްޓުވައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އެ ބޯޓު ފެނިފައިވާ ކަމަށެވެ.
ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.