ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ދަރިއެއް
މިހާރު
7 ނޮވެމްބަރު 2025 | ހުކުރު | 1:51
ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްއަށް ފިރިހެން ދަރިއަކު މިއަދު ލިބިއްޖެ އެވެ.
ކެޓްރީނާ އާއި ވިކީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާންކޮށްފަ އެވެ. އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ދަރިއަކު ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
އެ ޕޯސްޓް އާންމުކުރުމާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވަނީ ކެޓްރީނާ އާއި ވިކީއަށް މަރުޚަބާ ކިޔައިފަ އެވެ. އަދި އެ ދެ ތަރިން ފޭނުން ވެސް އަންނަނީ މަރުޚަބާ ކިޔަމުންނެވެ.