ތަޖުރިބާކާރު ސްކޮޑެއް އޮތް ވިކްޓަރީގެ މައްޗަށް ޒުވާން ކުޅުންތެރިންގެ ވެލެންސިއާއިން ގަދަވެއްޖެ
މިހާރު
7 ނޮވެމްބަރު 2025 | ހުކުރު | 7:57
ތަޖުރިބާކާރު ކުޅުންތެރިން ގިނަ ވިކްޓަރީގެ މައްޗަށް ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ ވެލެންސިއާއިން ގަދަވެ ގަނެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބު ކުރީ 1-0 ންނެވެ.
މެޗަށް ވިކްޓަރީ ނުކުތީ އެ ފަހަރަށް ވިދިވިދިގެން މޮޅުވުމުގެ ރޭހުގައި ހިފެހެއްޓުމަށެވެ. ކުރިން ކުޅުނު ދެ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.