އާޔާ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފި
މިހާރު
8 ނޮވެމްބަރު 2025 | ހޮނިހިރު | 1:18
ރަންނަމާރި ޗެލެންޖުގެ އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މަރިޔަމް ރާހިލް ނަސީމް (އާޔާ) އިއްޔެ ހޯދައިފި އެވެ.
މިހާތަނަށް އެމްއެސްއޭ އިން ބޭއްވި އަންހެން އޯޕަންގެ ހަތް އިވެންޓުގެ ޗެމްޕިއަނަކީ ވެސް އާޔާ އެވެ. ރަންނަމާރި ޗެލެންޖުގައި 2021 އިން ފެށިގެން އަންހެން އޯޕަން އިވެންޓް ކުރިއަށް ގެންދާއިރު، ދެން އަންހެން އިވެންޓު ބާއްވާފައި ވަނީ 2022 ލީގުގެ ގދ. ގައްދޫ ކަޅެގަލެކޮޑާ އާއި ކ. ހިންމަފުށީ ގާމާދޫ މުބާރާތުގަ އެވެ.
އާޔާ މިއަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިނަތު ތާނީސް ޝިރަންއާ ވާދަކޮށް ޖުމްލަ 13.34 ޕޮއިންޓް ހޯދައިގެން 6.17 ޕޮއިންޓުގެ ތަފާތަކުންނެވެ.