ގައުމީ ސާފް ލީގު ޗެމްޕިއަންކަން އަލުން އަންމަޑޭ އަށް
މިހާރު
8 ނޮވެމްބަރު 2025 | ހޮނިހިރު | 1:43
ދިވެހި ސާފް ލީގު 2025 ގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) އިއްޔެ ހޯދައިފި އެވެ.
މިއީ އެމްއެސްއޭ އިން 2022 ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި ސާފް ލީގު ކާމިޔާބު ކުރި އަންމަޑޭ ލީގު ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ.
އެމްއެސްއޭ އިން މި އަހަރު ލީގުގައި ތިން މުބާރާތެއް ބާއްވާފައި ވާއިރު، އެންމެ ފުރަތަމަ އޮތް މުލީކޮޅު ރާޅުގަނޑާއި މި އަހަރު މުޅިން އަލަށް ލ. މާބައިދޫގައި ބޭއްވި ކެރަންޑޫގެ ޗެމްޕިއަންކަން ވެސް ހޯދީ އަންމަޑޭ އެވެ.