ކީޕަރު ކައިރިން ނައްޓާފައި ހަމްޕު މާޒިޔާ މޮޅުކޮށްދީފި

މިހާރު

8 ނޮވެމްބަރު 2025 | ހޮނިހިރު | 1:30

މެޗުގެ އެންމެ ފަހު ވަގުތު ގޯލްކީޕަރު ކައިރިން ނައްޓާފައި ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން ގޯލާ އެކު މާޒިޔާ 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ރޭ ބަލިކޮށްފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭގަލޮޅު ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެނިކޮށް ހަމްޕު މި ލަނޑު ޖެހީ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގެ ތެރޭގަ އެވެ.

މިއީ ހަމްޕު މި ސީޒަންގައި ޖެހި ހަތަރުވަނަ ގޯލެވެ. ރޭގެ މެޗުގައި އޭނާ ވަނީ އަހުމަދު އައިހަމް (ފަތޯ) ހުސްކޮށްލާފައި ދިން ބޯޅަ ހޯދައި އޭރިއާ ތެރޭ ހުސްކޮށްލާފައި ގޮސް ކީޕަރު ކައިރިން ވެސް ނައްޓާލާފައި ގޯލު ޖަހައި، މާޒިޔާ މޮޅުވަމުން އަންނަ ސިލްސިލާ ދަމަހައްޓައިފަ އެވެ.

މައުޟޫޢުތަށް