ޖެނޮސައިޑް ހިންގާފައި ވާތީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފި

މިހާރު

8 ނޮވެމްބަރު 2025 | ހޮނިހިރު | 6:10

ނަސްލު ނައްތާލުމުގެ ޖަރީމާ ފަލަސްތީނުގެ ޣައްޒާގައި ހިންްގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެހެެން ބައެއް އިސް މީހުން ހައްޔަރުކުރަން ތުރުކީން އަމުރެއް ނެރެފި އެވެ.

އިސްތަންބޫލުގެ ޕްރޮސެކިއުޓަރުން އިއްޔެ ނެރުނު އަމުރުގައި، ހައްދުފަހައަޅާފައިވާ ނަތަންޔާހޫ ހިމެނޭހެން 37 މީހަކު ހިމަނާފައި ވާއިރު އޭގެ ތެރޭފައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ކާޒް އާއި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެންގަވްރާއި އާމީ ޗީފް އެޔާލް ޒާމިރު ހިމެނެ އެވެ.

ތުރުކީން ތުހުމަތުކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ނިޒާމީ ގޮތެއްގައި "ޖެނޮސައިޑް" އެއް ކުރިއަށް ގެންގޮސް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާއެއް ހިންގާފައި ވެ އެވެ.

މައުޟޫޢުތަށް