ހައްގުތައް ކަށަވަރު ކޮށްދޭނީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް: އޭޖީ
މިހާރު
8 ނޮވެމްބަރު 2025 | ހޮނިހިރު | 10:49
އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ރާއްޖޭން އަމަލުކުރާނީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތައް ލިބިދޭ މިންވަރު އދ. އިން ވަޒަންކުރަން ބާއްވާ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގެ ސެޝަންގައި އުޝާމް ވިދާޅުވީ، ރާއްޖޭގެ އައިޑެންޓިޓީ ގުޅިފައި އޮތީ އިސްލާމްދީނާ ކަމަށާއި އެއީ ރާއްޖޭގެ އިޖުތިމާއީ ފޭރާމުގެ، ކޮމްޕްރޮމަައިޒް ނުކުރެވޭނެ ރުކުނެއް ކަމަށެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނަށް ހުރުމަތްތެރިކަން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެލިއުތައް ބައްޓަން ކުރަނީ މި ދީން. ގާނޫނުތަކަށް މައުލޫމާތު ނަގަނީ މި ދީނުން އަދި އަޅުގަނޑުމެންގެ އިޖުތިމާއީ އަހުލާގީ ސަމުގާ މިސްރާބު ކޮށްދެނީ މި ދީނުން. އިންސާނީ ހައްގުތަކަށް އަޅުގަނޑުމެން ދޭ ކޮމިޓްމެންޓް އޮންނާނީ މި ބިންގަލާ ގުޅިފައިވާ އުސޫލުތަކާ އެއްގޮތަށް،" ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ބޭއްވި ރިވިއު ސެޝަންގައި އުޝާމް ވިދާޅުވި އެވެ.