ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައި ކަން ހުކުރު ދުވަހުގެ ރޭ ވަރަށް ބޮޑަށް ސާފުވާނެ: އަބްދުއްރަހީމް
މިހާރު
8 ނޮވެމްބަރު 2025 | ހޮނިހިރު | 12:48
ފަލާހު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭގެ ބޮޑު އެއްވުމަށް ވަރަށް ގިނަ ބަޔަކު ޖަމާވާނެ ކަމަށް.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާ އިން ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ އަށް އާންމުކޮށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަށް ފަހު، މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާ އަށް ސަޕޯޓަރުން ދާނީ މިހާތަނަށް ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެ ކަަމަށް ތާއީދު ކުރާތީ ކަމަށެވެ.