މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައި، އަޑިއަށް ދަނީ
މިހާރު
8 ނޮވެމްބަރު 2025 | ހޮނިހިރު | 3:26
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވ. ފެލިދޫ ކައިރިއަށް ފަރަށް އަރައި، އަޑިއަށް ދާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި "ފަހިރޯޅި ބޯޓު" ފަރަށް އަރައިގެން ރޭ ފަތިހު 5 ޖަހާކަށް ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ބޯޓުގައި ތިބި 12 މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ފެލިދުއަށް ގެންގޮސްފަ އެވެ. އެއީ ނުވަ ބިދޭސީންނާއި ތިން ދިވެއްސެކެވެ. އޭގެ ތެރޭގައި ބޯޓުގެ ވެރިފަރާތާއި ކެޕްޓަން އަދި ހަތަރު ފަޅުވެރިން ހިމެނެ އެވެ.