ކެތޭ ޕެސިފިކްގެ ހިއްސާ ދޫކޮށްލަން ގަތަރު އެއާވޭސް އިން ނިންމައިފި
މިހާރު
8 ނޮވެމްބަރު 2025 | ހޮނިހިރު | 5:40
ހޮންކް ކޮންގްގެ އެއާލައިން، ކެތޭ ޕެސިފިކްގެ ހިއްސާ ގަތަރު އެއާވޭސް އިން ދޫކޮށްލަން ނިންމައިފި އެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، 8 އަހަރަށް ފަހު، ގަތަރުން ކެތޭ ޕެސިފިކްގެ 9.6 ޕަސެންޓް ހިއްސާ ދޫކޮށްލަނީ 896 މިލިއަން ޑޮލަރު (14 ބިލިއަން ރުފިޔާ) އަށެވެ. އެއީ ހިއްސާއެއް 1.4 ޑޮލަރުގެ ރޭޓުންނެވެ.
ކެތޭ ޕެސިފިކްގެ ތިން ވަނަ އަށް އެންމެ ބޮޑު ހިއްސާ އޮތް ކުންފުންޏަށް ގަތަރު އެއާލައިންވީ 2017 ވަނަ އަހަރު އެވެ. އެ ކުންފުނިން އެ ހިއްސާ ގަތީ ކިންގްބޯޑު ކެމިކަލް ހޯލްޑިން އިން 662 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) އަށެވެ. އެއީ މެދުއިރުމަތީގެ އެއާލައިނަކުން އިރުމަތީ އޭޝިއާގެ އެއާލައިނެއްގެ ހިއްސާ ގަތް ފުރަތަމަ ފަހަރެވެ.