މުރާލި އަތްތަކެއް އުފެދޭނީ ރަނގަޅު އާދަތަކަށް އަހުލުވެރިވެގެން: ފަސްޓް ލޭޑީ

މިހާރު

8 ނޮވެމްބަރު 2025 | ހޮނިހިރު | 8:33

ތޫނު ސިކުނޑިތަކަކާއި މުރާލި އަތްތަކެއް އުފެދޭނީ ކެއިންބުއިމާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް މީހުން އަހުލުވެރިކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމައު" މި ނަމުގައި ކުރިއަށް ގެންދާ ޕްރިވެންޓިވް ހެލްތުކެއާގެ ގައުމީ ކެމްޕެއިން ރަސްމީކޮށް ފަށަން ކ. ގުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ ވިދާޅުވީ ކެއިންބުއިމާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމުގެ ތަޅުދަނޑި ކަމަށެވެ. ގައުމެއް ބިނާކުރުމުގައި ޕްރިވެންޓިވް ހެލްތުކެއާ އަށް އިސްކަން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

"ގައުމެއް ބިނާކުރުމުގައި އެ ގައުމެއްގެ ސިއްހަތަށް މި ފަަދައިން އިސްކަން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. ތޫނު ސިކުނޑިތަކެއް، މުރާލި އަތްތަކެއް، ހީވާގި ކެރޭ ހުނަރުވެރިންތަކެއް އުފެދޭނީ އޭރުން،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

މައުޟޫޢުތަށް