206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވަން އެމްޑީޕީން ކޯޓަށް ދަނީ!

މިހާރު

9 ނޮވެމްބަރު 2025 | އާދިއްތަ | 10:47

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 206 މަޝްރޫއެއް ހިންގަން ސަރުކާރުން މިދިޔަ ހަފުތާގައި 53 ކުންފުންޏަކާ ހަވާލުކުރީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް، އެ މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވަން ކޯޓަށް ދާން އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޮޑު ބޮޑު ރަސްމިއްޔާތެއްގައި ސަރުކާރުން ސޮއިކުރި 206 މަޝްރޫއުގެ އަގަށް ޖުމްލަ 2.7 ބިލިޔަން ރުފިޔާ އަރަ އެވެ.

އެ މަޝްރޫއުތައް ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހިންގާ ޕްރޮޖެކްޓުތައް ބީލަމަށް ނުލައި، އެކި ފަރާތްތަކާ ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހަކާ އެކު އެވެ.

މައުޟޫޢުތަށް