ތޫފާން ފަންގް-ވޮންގް އަރާތީ ފިލިޕީންސްގެ 100،000 މީހުން ރައްކާތެރި ހިސާބުތަކަށް
މިހާރު
9 ނޮވެމްބަރު 2025 | އާދިއްތަ | 7:46
ތޫފާން ފަންގް- ވޮންގް މިއަދުގެ ވަގުތެއްގައި ފިލިލީންސަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު އެ ތޫފާނު "ސުޕަ ޓައިފޫން" އެއްގެ ދަރަޖައަށް ބާރުގަދަވެެއްޖެ އެވެ.
ތޫފާނުގެ ބާރު އެހާ ގަދަވުމުން، ގަދަ ވަޔާއި ބޯކޮށް ވާރޭ ވެހުން އަދި ސްޓޯމް ސާޖް (ތޫފާނީ އުދަ) އަރައި ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ބެލެވޭތީ ފިލިޕީންސް ސަރުކާރުން މިހާރު ވަނީ 100،000 މީހުން، އެހެން ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
މޫސުން ގޯސްވުމުން ނެރޭ އެލާޓްތައް ފިލިޕީންސްގެ ބޮޑު ބަޔަކަށް ނެރެފައި ވާއިރު އެގައުމުގެ ދެކުނުގައިވާ ކެޓަންޑުއާންސް އާއި އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ކެމަރިންސް ނޯޓޭ އަދި ކެމަރިންސް ސޫރް އަށް ވަނީ އެންމެ މަތީ އެލާޓް ކަމަށްވާ "އެލާޓް 5 " ނެރެފަ އެެވެ. ވެރިރަށް މެނީލާއާއި އެ ސަހަރުގެ ވަށައިގެންވާ ސަރަހައްދުތަކަށް ނެރުނީ "އެލާޓް 3" އެވެ.