ވިޖޭ ޑިޕްރެޝަންގައި، އެހީވީ އާމިރްގެ ދަރިފުޅު
މިހާރު
9 ނޮވެމްބަރު 2025 | އާދިއްތަ | 10:34
ޑިޕްރެޝަންގެ ބަލި ދުވަސްތަކެއް ވަންދެން ތަހައްމަލުކުރި ކަމަށް ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރްމާ ބުނެފި އެވެ.
ރިއާ ޗަކްރޮބަތީގެ ޕޮޑްކާސްޓަށް މިދިޔަ ހުކުރު ދުވަހު ދިން އިންޓަވިއުގައި ވިޖޭ ވަނީ އޭނާގެ ނަފުސާނީ ސިއްހަތާ ގުޅޭ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އޭނާ ޑިޕްރެޝަނާއި އެންޒައިޓީއަށް ޑައިގްނޯސްވެ، އެ ބައްޔަށް ފަރުވާ ކުރަން ޖެހުނެވެ.
ވިޖޭ ބުނީ އޭނާ ޑިޕްރެޝަނަށް ދިޔައީ މާ ބޮޑަށް އެކަނިވެރިކަމުގެ އިހުސާސްކުރެވިގެން ކަމަށެވެ. އޭރު ދިރިއުޅުނީ މުމްބާއީގައި ހުންނަ އެޕާޓްމަންޓެއްގައި އެކަނިމާ އެކަނި ކަމަށް އޭނާ ބުންޏެވެ.