206 މަޝްރޫއަށް ވެސް ލޯނު ދޫކުރާނީ އުސޫލާ އެއްގޮތަށް: ބީއެމްއެލް
މިހާރު
9 ނޮވެމްބަރު 2025 | އާދިއްތަ | 11:23
ބީއެމްލުން ބުނީ، 206 މަޝްރޫއު ހަވާލުވި ކުންފުނިތަކަަށް ވެސް ލޯނު ދޫކުރާނީ ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަލާފައި ކަމަށް.
ތަރައްގީގެ 206 މަޝްރޫއެއް ހިންގަން ދިވެހި އަމިއްލަ 53 ކުންފުންޏަކާ ސަރުކާރުން މިދިޔަ ހަފުތާގައި ހަވާލު ކޮށްފައިވާއިރު، އެ ކުންފުނިތަކަށް ވެސް އެ ބޭންކުން ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން ކަމަށާއި ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ ހުރިހާ ކަމަކަށް ބަލާނެ ކަމަށް ބީއެމްއެލުން މިއަދު ބުނެފި އެވެ.
މަޝްރޫއުތައް ހިންގަން ސަރުކާރާ އެކު ސޮއިކުރި 53 ކުންފުންޏަށް ލޯނު ދޫކުރަނީ ބީއެމްއެލްގެ ބޯޑުން ފާސްނުކޮށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ އެ ބޭންކުގެ ކަސްޓަމަރުން ކަމަށްވާ ނަމަ ބޭންކުން މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.