ފުރަތަމަ ހަ މަސްދުވަހު އޭސީސީ އަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތައް
މިހާރު
9 ނޮވެމްބަރު 2025 | އާދިއްތަ | 10:51
ފުރަތަމަ ދެ ކުއާޓަރުގައި ބެލި އެއްވެސް މައްސަލައެއްގެ ތަފާސްހިސާބެއް އޭސީސީން ހާމަނުކުރޭ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އޭސީސީގެ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު، އެ މުއްދަތުގައި ބެލި އެއްވެސް މައްސަލައެއްގެ ތަފާސްހިސާބެއް ހާމަނުކުރެ އެވެ.