ފެނުގެ "މަތިން ދުއްވާ" ހައިޑްރޯފޮއިލް ބޯޓުތަކެއް ރާއްޖެ ގެންނަނީ
މިހާރު
9 ނޮވެމްބަރު 2025 | އާދިއްތަ | 11:54
އިލެކްޓްރިކް ބޯޓު އުފައްދާ، ސްވިޑެންގެ ކެންޑެލާ އިން ޑިޒައިންކޮށްފައިވާ ފެނުގެ "މަތިން ދުއްވާ" ހައިޑްރޯފޮއިލް ބޯޓުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ "އިލެކްޓްރިވް" ވެބްސައިޓުގައި އިއްޔެ ބުނީ "ކެންޑެލާ ޕީ-ޓުވެލް" މޮޑެލްގެ 10 ބޯޓަށް ރާއްޖޭގެ ޓުއާ އޮޕަރޭޓަރު އީގޯ ޝަޓުލް އިން އޯޑަރު ދީފައިވާ ކަމަށެވެ. އަދި އެ ބޯޓުތައް ރާއްޖެ ގެނެސް އަންނަ އަހަރު ޚިދުމަތް ފަށާނެ ކަމަށް އެ ވެބްސައިޓުގައި ބުންޏެވެ.
އެ ބޯޓުތައް ދަތުރުކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ކައިރި ރިސޯޓުތަކާ ދެމެދުގަ އެވެ.