ތަހުގީގުތަކުގައި އެއްބާރުލުން ހޯދަން އެންއައިސީން ފުލުހުންނާ މަޝްވަރާކޮށްފި

މިހާރު

9 ނޮވެމްބަރު 2025 | އާދިއްތަ | 2:27

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދަން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ފުލުހުންނާ މިއަދު މަޝްވަރާކޮށްފި އެވެ.

މިއީ އެންއައިސީ އަށް އާ މެންބަރުން އައްޔަން ކުރެއްވި ފަހުން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިސް އޮފިސަރުންނާ އެކު އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބުނީ، ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

މައުޟޫޢުތަށް