ފައިސާގެ ދަތިކަމާ ހެދި މޭގަން މާކުލް އެނބުރި ފިލްމީ ދާއިރާއަށް

މިހާރު

10 ނޮވެމްބަރު 2025 | ހޯމަ | 7:31

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކުލް އެކްޓިން ދާއިރާއަށް އަލުން ނުކުންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހެރީއާ ކައިވެނި ބައްލަވައިގަތުމާ އެކު، 2018 ވަނަ އަހަރުން ފެށިގެން މޭގަން ވަނީ ފިލްމު ކުޅުން ހުއްޓާލައިފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މޭގަން މިހާރު ވަނީ ހޮލީވުޑަށް އެނބުރި ދާން ނިންމައި ފުރަތަމަ ފިލްމަށް ސޮއިކޮށްފަ އެވެ. އެއީ "ކްލޯޒް ޕާސަނަލް ފްރެންޑްސް" ކިޔާ ރޮމެންޓިކް ކޮމެޑީ ފިލްމެއް ކަމަށާއި އެ ފިލްމުގައި މޭގަންއާ އެކު، ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ލިލީ ކޮލިންސް، ބްރީ ލާސަން، ހެންރީ ގޯލްޑިން އަދި ޖެކް ސްކުއަޑް ފެންނާނެ އެވެ.

މައުޟޫޢުތަށް