ހަނިމާދޫ އެއާޕޯޓަކީ ރާއްޖެ-އިންޑިއާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް: ނައިޑޫ
މިހާރު
10 ނޮވެމްބަރު 2025 | ހޯމަ | 12:59
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ތަރައްގީގައި ބައިވެރިވާން އިންޑިއާ ތައްޔާރަށް އޮތް މިންވަރު ދައްކައިދޭ ކަމެއް ކަމަށް އެ ގައުމުގެ ސިވލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަފޫ ރާމް މޯހަން ނައިޑޫ ރޭ ވިދާޅުވެއްޖެ އެވެ،
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ބޮޑު ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުން ރާއްޖެ ވަޑައިގެންނެވި ނައިޑޫ ވިދާޅުވީ، އެ އެއާޕޯޓުގެ ސަބަބުން އުތުރު އިންޑިއާ އަށާއި ދުނިޔެ އަށް އިތުރަށް ރާއްޖެ ހުޅުވާލަ ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ދެން ވާނީ ކުރިއެރުމާއި ފާގަތިކަމުގެ ހަބަކަށެވެ.