ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް، ވިޔަފާރިތައް އުތުރަށް ފުޅާކުރަން ޖެހޭ: ރައީސް

މިހާރު

9 ނޮވެމްބަރު 2025 | އާދިއްތަ | 11:26

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއާ އެކު، މި ލިބުނީ ރަނުގެ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މިއީ ދިވެހި ވިޔަފާރިތައް ރާއްޖޭގެ އެންމެ އުތުރަށް ފުޅާކުރަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓް ޒަމާނީކޮށް، އަލުން ހުޅުވުމަށް އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަދު މި ހުޅުވީ ހަމައެކަނި އެއާޕޯޓެއް ނޫން ކަމަށާއި ހދ. އަތޮޅާއި ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތަރައްގީގެ މައި ދޮރޯށި ކަމަށެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ހުށަހެޅުއްވި ތަރައްގީގެ ޕްލޭނުގައި އުތުރާއި ދެކުނުގެ ހަތަރު އަތޮޅެއް ކަނޑައަޅައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ހިމަނާފައި ވާނެ ކަމަށާއި ރާއްޖޭގެ އުތުރުގައި އެ ސިޔާސަތު ހަގީގަތަށް ހެދުމަށްޓަކައި ހަނިމާދޫ އެއާޕޯޓަކީ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް