ހަނިމާދޫ އެއާޕޯޓަށް ބީއެމްއެލްގެ ޑޮލަރު އޭޓީއެމަކާއި ޑޮލަރު ކައުންޓަރެއް

މިހާރު

10 ނޮވެމްބަރު 2025 | ހޯމަ | 9:45

އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ރޭ އަލުން ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލްގެ ފަރާތުން ޑޮލަރު ނެގޭނެ އޭޓީއެމަކާއި އެ ބޭންކުގެ ޑޮލަރު ކައުންޓަރެއް ގާއިމްކޮށްފި އެވެ.

އެ ދެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން އަލުން ހެދި އެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ކުލަގަދަ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

މައުޟޫޢުތަށް