އެއް މަސް ވީއިރު ވެސް ދިގަލި ތަހުގީގަށް ވާހަކައެއް ނުދެއްކި!

މިހާރު

10 ނޮވެމްބަރު 2025 | ހޯމަ | 10:23

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތުހުމަތަށް ފުލުހުން މިހާތަނަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ތަހުގީގަށް އެއްބާރުލުން ދީ، ވާހަކަ ނުދައްކަނީ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެކަނި ކަން އެނގިއްޖެ އެވެ.

އެ ތަހުގީގާ ގުޅޭ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެން ދިގަލި އިހުތިޔާރު ކޮށްފައި ވަނީ "ހަނު ހުންނަން" ކަމަށެވެ. އެހެންވެ، ތަހުގީގަށް އޭނާގެ ފަރާތުން މިހާތަނަށް މައުލޫމެއް ނުލިބޭ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެކަމަކު، ދެން ހައްޔަރު ކޮށްފައި ތިބި މީހުން ތަހުގީގަށް އެއްބާރުލުން ދޭ. ވާހަކަ ވެސް ދައްކާ ކަމަށް އެނގިފައި ވަނީ،" އެ މީހާ ކިޔައިދިނެވެ.

މައުޟޫޢުތަށް