ފަހު ވަގުތު ޓީސީއާ އެއްވަރުވެ ބުރަށް ހަތަރަކަށް ނޭރުނު!

މިހާރު

10 ނޮވެމްބަރު 2025 | ހޯމަ | 12:32

މެޗު ފަހު ވަގުތު ޓީސީން ނަތީޖާ ހަމަހަމަ ކުރުމުން ބުރު ސްޕޯޓްސް އަށް ހަތަރުވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ބުރުން މެޗުން މޮޅުވާން ދަނިކޮށް ޓީސީން 1-1 ން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބުރަށް އީގަލްސްގެ ގޯލް ފުއަޅުވާލަން ވެސް އުނދަގޫވި އެވެ. އެ ޓީމުން ލަނޑު ޖެހީ މެޗުގެ 75 ވަނަ މިނެޓްގައި ހޮޖްސަން ޑިއާޒް އެވެ.

މައުޟޫޢުތަށް