ޣައްޒާ ބަލަހައްޓާ ފައުޖުގައި ބައިވެރިވުމުގެ ވިސްނުމެއް ނެތް: ޔޫއޭއީ
މިހާރު
12 ނޮވެމްބަރު 2025 | ބުދަ | 6:11
ފަލަސްތީނުގެ ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ސަރަހައްދު ބަލަހައްޓަން ފޮނުވާ ބައިނަލްއަގުވާމީ ފައުޖުގައި ބައިވެރިވުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ބުނެފި އެވެ.
"ސުލްހަ ބަލަހައްޓާ ފައުޖުގެ މަސައްކަތާ ބެހޭ ސާފު އޮނިގަނޑެއް އަދި ފެންނާކަށް ނެތް. އެފަދަ ހާލަތެއްގައި، ވިސްނުން ހުރީ އެ ފައުޖުގައި ބައިވެރިނުވާން،" އަބޫދާބީގެ ސްޓްރެޓީޖިކް ޑިބޭޓް ފޯރަމްގައި ޔޫއޭއީގެ ރައީސްގެ އެޑްވައިޒަރު އަންވަރު ގަރްގާޝް ވިދާޅުވި އެވެ.
އެމެރިކާގެ ބެލުމުގެ ދަށުން އެކުލަވާލާ ބައިނަލްއަގުވާމީ ފައުޖުގައި ޔޫއޭއީގެ އިތުރުން މިސްރު، ގަތަރު އަދި ތުރުކީ ސިފައިން ހިމެނޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.