ރާއްޖޭން ބޭރުގައި ބީއެމްއެލް ޑެބިޓް ކާޑުގެ ލިމިޓް 1،000 ޑޮލަރަށް ބޮޑުކޮށްފި
މިހާރު
10 ނޮވެމްބަރު 2025 | ހޯމަ | 1:53
ކުރިން ވެސް އިއުލާނުކޮށްފައިވާ ގޮތަށް މާދަމާ އިން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ ޓްރާންސެކްޝަންތަކަށް ބޭނުންކުރެވޭ އަދަދު މަހަކު 1،000 ޑޮލަރަށް ބޮޑުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އިއުލާނުކޮށްފައިވާ ގޮތުން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް ބޮޑުވާނެ އެވެ، އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށާއި ބޭސް ފަރުވާގެ ކަންކަމުގައި ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ވެސް 3،000 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތް 250 ޑޮލަރުގެ މަހު ލިމިޓް މިދިޔަ ޖުލައި މަހުން ފެށިގެން ވަނީ 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.