ގަސް ޕްރޮގްރާމަށް ގަމުގައި ހަދާ ދެ ނާސަރީގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފި

މިހާރު

10 ނޮވެމްބަރު 2025 | ހޯމަ | 2:47

މި ސަރުކާރުން އިއުލާންކުރި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ލ. ގަމުގައި ގަސް އިންދުމަށް ހާއްސަ ދެ ނާސަރީ ހަދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގަމުގައި ދެ ނާސަރީ ހެދުމަށް އެޗްޑީސީއާ އެކު އެމްއޯޔޫއެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

އެ ނާސަރީ ހަދަން ބޭނުންވާ ބިން ގަމު ކައުންސިލުން މިދިޔަ ފެބްރުއަރީ މަހު ވަނީ ހަމަޖައްސައިދީފަ އެވެ.

މައުޟޫޢުތަށް