ބަޖެޓުގައި ތަފްސީލު ނުޖަހަނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތަކަށް ޖާގަ ދޭން: ޒަމީރު

މިހާރު

10 ނޮވެމްބަރު 2025 | ހޯމަ | 3:02

ދައުލަތުގެ ބަޖެޓުގައި، ކުރިއަށް އޮތް އަހަރަށް ހިންގަން ރާވާފައިވާ ތަރައްގީގެ ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ނުހިމަނަނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ޖާގަދޭން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން 9.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ޖުމްލަ ބަޖެޓުގެ 14 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކޮށްފައިވަނީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކެޕިޓަލް ހަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ވަކިވަކި ތަފްސީލުތަކެއް މި އަހަރުގެ ބަޖެޓުގައި ވެސް ނެތެވެ. ހަމައެކަނި ހާމަކޮށްފައިވަނީ މަޝްރޫއުތަކަށް ކުރާ ހޭދަތަކަށް ޖުމްލަކޮށް ހިނގާނެ ހަރަދުތަކެވެ.

މައުޟޫޢުތަށް