ކްރިސް ޖެނާގެ 70 ވަނަ އުފަންދުވަހަށް ބޭއްވި ޕާޓީ ފުލުހުން ހުއްޓުވައިފި

މިހާރު

11 ނޮވެމްބަރު 2025 | އަންގާރަ | 7:18

އެމެރިކާގެ ރިއަލިޓީ ތަރި ކްރިސް ޖެނާގެ 70 ވަނަ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީ ފުލުހުން ހުއްޓުވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީ ބޭއްވީ ލޮސް އެންޖެލިސްގެ ބެވަލީ ހިލްސްގައި ހުންނަ އެމެރިކާގެ މަހުޖަނު އަދި އެމެޒަންގެ ވެރިޔާ ޖެފް ބޭޒޯސްގެ އަގުބޮޑު ގޭގަ އެވެ. އެ ޕާޓީއަށް މަރަޔާ ކެރީ، މާކް ޒަކާބް، ޕްރިންސް ހެރީ، މޭގަން މާކުލް، ބްރޫނޯ މާސް އަދި އެޑެލް ކަހަލަ މަޝްހޫރު އެތައް ބަޔަކު ދިޔަ އެވެ.

ޓީއެމްޒީގެ ރިޕޯޓެއްގައި ބުނީ އެ ޕާޓީގައި މާ ބޮޑަށް އަޑުގަދަކޮށް، ސަރަކާތް ޖަހާތީ، އެ ގެއާ ކައިރީގައި ދިރިއުޅޭ އަވަށްޓެރިންނަށް އުނދަގޫވެގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

މައުޟޫޢުތަށް