ސަރުކާރުން ހަވާލުކުރި 206 މަޝްރޫއުގެ މައްސަލަ އެމްޑީޕީން އޭސީސީއަށް ހުށަހަޅައިފި
މިހާރު
10 ނޮވެމްބަރު 2025 | ހޯމަ | 5:52
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 206 މަޝްރޫއެއް ހިންގަން ސަރުކާރުން މިދިޔަ ހަފުތާގައި 53 ކުންފުންޏަކާ ހަވާލުކުރީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް، އިދިކޮޅު އެމްޑީޕީން އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ބާސެލޯ ނަސަންދުރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ސަރުކާރުން ސޮއިކުރި 206 މަޝްރޫއުގެ އަގަށް ޖުމްލަ 2.7 ބިލިޔަން ރުފިޔާ އަރަ އެވެ.
އެ މަޝްރޫއުތައް ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހިންގާ ގޮތަށް، ބީލަމަށް ނުލައި، އެކި ފަރާތްތަކާ ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ.