ފަލަސްތީނުގެ ޓީމުގެ ޓްރޭނިން ކޭމްޕްގެ ހަރަދުތަކަށް ސަރުކާރުން 546،000ރ.
މިހާރު
10 ނޮވެމްބަރު 2025 | ހޯމަ | 5:06
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ޓްރޭނިން ކޭމްޕެއް ކުރިއަށްގެންދަން މިއަދު ރާއްޖެ އައި ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ހަރަދުތަކަށް 546،000 ހާ ރުފިޔާ ސަރުކާރުން ހަމަޖައްސައިފި އެވެ.
މިއަދުން ފެށިގެން މި މަހު 19 ވަނަ ދުވަހާ ހަމައަށް ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ކޭމްޕް ކުރުމަށް ހިނގާ ހަރަދުތަކެއް ބަލަހައްޓާނީ ސަރުކާރުންނެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު "މިހާރު" އަށް ވިދާޅުވީ ފަލަސްތީނުގެ ޓީމު ރާއްޖޭގައި ހުރުމަށާއި ކެއުމަށް ގާތްގަނޑަކަށް 546،000ރ. ހަރަދު ކުރާނެ ކަމަށެވެ.