އޯޑީއެސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް "އެކްސްޓެންޑެޑް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ" ޕްރޮގުރާމެއް
މިހާރު
10 ނޮވެމްބަރު 2025 | ހޯމަ | 5:57
ހުސް ޕުލާސްޓިކު ފުޅި ގަންނަން ފަށައި, އޯޑީއެސް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި ފުރަތަމަ ފަހަރަށް "އެކްސްޓެންޑެޑް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ" (އީޕީއާރު) ޕްރޮގުރާމެއް ފަށައިފި އެވެ.
މި ޕްރޮގުރާމުގެ ދަށުން އޯޑީއެސް އިން އަނބުރާ ގަންނާނީ އައްޑޫގައި ހުންނަ އެ ކުންފުނީގެ ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީ އިން އުފައްދާ "ވަން" ބްރޭންޑްގެ ޕެޓް ހުސް ފުޅިތަކެވެ. މި ފުޅިތައް ގަންނަން ހަމަޖެހިފައިވަނީ ފުޅިއަކަށް 33 ލާރީގެ މަގުން ނުވަތަ ފައިސާގެ ބަދަލުގައި ފަހުން ކުންފުނިން ތަކެތި ގަތުމަށް ގްރީން ޕޮއިންޓް ލިބޭގޮތަށެވެ. މި ގޮތުން އެ ކުންފުނިން ބަލައިގަންނާނީ ހުސް, ސާފު އަދި ހަލާކުނުވާ ފުޅި އެކަންޏެވެ. އަދި ފުޅީގެ ލޭބަލާއި މަތިގަނޑު އަދި ނެކް ރިންގް ވެސް ހުންނަން ޖެހޭނެ އެވެ. ފެން ނޫން އެހެން އެއްވެސް އެއްޗެއް އެޅުމަށް ބޭނުންކޮށްފައިވާ ފުޅި މި ޕްރޮގުރާމްގެ ދަށުން ބަލައެއް ނުގަންނާނެ އެވެ.
އޯޑީއެސްގެ އީޕީއާރު ޕްރޮގުރާމް ފަށައިގަންނަ އިރު ފުޅި ބަލައިގަންނާނީ ހަމައެކަނި ހިތަދޫގައި ހުންނަ ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީއިންނެވެ. ނަމަވެސް ޕްރޮގުރާމު ކުރިއަށްދާ ވަރަކުން ރާއްޖޭގެ އެހެން ރަށްތަކާއި ސިޓީތަކުން ވެސް ފުޅި ބަލައިގަންނަ ސެންޓަރުތައް ކަނޑައަޅާނެ އެވެ.