ނޭޕާލުގެ ވެރިކަން ވައްޓާލި މުޒާހަރާގެ 400 އަށް ވުރެ ގިނަ ބައިވެރިން ހައްޔަރުކޮށްފި

މިހާރު

12 ނޮވެމްބަރު 2025 | ބުދަ | 6:20

މިދިޔަ ސެޕްޓެމްބަރު މަހު ނޭޕާލްގެ ވެރިކަން ވައްޓާލި މުޒާހަރާގެ ބައިވެރިންގެ ތެރެއިން މީހުން މެރުމާއި ތަންތަނަށް ގެއްލުން ދިނުން އަދި އެކި ކުށްތަކުގެ ތުހުމަތުގައި މިހާތަނަށް 423 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ހާމަކުރި ހިސާބުތަކުގައިވާ ގޮތުން، ހުއްދަ ނެތި ހަތިޔާރު ގެންގުޅުމާއި ވައްކަންކުރުމާއި ބޭއަދަބީ އަމަލުތައް ހިންގުން ފަދަ ކަންކަމުގެ ތުހުމަތުގައި ވެސް މީހުން ހައްޔަރުކޮށްފައިވެ އެވެ.

"މުޒާހަރާގެ ތެރޭގައި ހިނގާފައިވާ ކަންކަން ވަކި ޓީމަކުން ބަލައި އެ ކަންކަމުގެ މައުލޫމާތު ގެންދަނީ އެއްކުރަމުން،" ނޭޕާލް ފުލުހުންގެ ތަރުޖަމާނު އަބީ ނަރަޔަން ކަފްލޭ ވިދާޅުވި އެވެ.

މައުޟޫޢުތަށް