ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 130 ފަރާތަކަށް އިނާމު ދެނީ
މިހާރު
10 ނޮވެމްބަރު 2025 | ހޯމަ | 9:09
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވާ ރަސްމީ ޖަލްސާގައި 130 ފަރާތަކަށް އިނާމު ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މާދަމާގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ފަރާތަކަށް އަދި މަތީ ދަރަޖަ ހޯދި 33 މީހަކު ހިމެނޭ ގޮތުން ޖުމުލަ 130 މީހަކަށް އިނާމު ދޭނެ ކަމަަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ފަރާތަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ.