ދިއްލީގެ ރެޑް ފޯޓް އޭރިއާގައި ކާރެއް ގޮވައި އެތައް ބަޔަކު މަރުވެއްޖެ
މިހާރު
10 ނޮވެމްބަރު 2025 | ހޯމަ | 9:00
އިންޑިއާގެ ވެރިރަށް ނިއު ދިއްލީ މަޝްހޫރު ރެޑް ފޯޓް އޭރިއާގައި ކާރެއް ގޮވައި މަދުވެގެން 10 މީހަކު މަރުވެ 19 މީހަކު ޒަހަމްވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ފަރީދްއާބާދުން، ގޮވާޒާތުގެ ގިނަ އަދަދެއްގެ ސާމާނު ފެނި ދިއްލީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ، ދިއްލީގެ މެދުތެރޭގެ ހައި ސެކިއުރިޓީ ޒޯނެއްގައި މި ހާދިސާ ހިނގި ގޮތެއް ނޭނގި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އެހެންވެ ދިއްލީގެ އިތުރުން މުމްބާއީގައި ވަނީ ސަލާމަތީ ކަންތައް ބެލެހެއްޓުން ވަރަށް ބޮޑަށް އިތުރުކޮށް އެލާޓް ލެވަލް މަތިކޮށްފަ އެވެ. މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ރަސްމީ އިދާރާއަކުން އަދި އެފަދަ ވާހަކައެއް ނުބުނެ އެވެ.