ހުޅުމާލެ 2 ގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު މަރުވެއްޖެ
މިހާރު
11 ނޮވެމްބަރު 2025 | އަންގާރަ | 12:04
ހުޅުމާލެ 2 ގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި، ހުޅުމާލެ 2 ގެ ނިކަގަސް މަގުގައި ހިނގި މި އެކްސިޑެންޓުގައި މަރުވީ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް، 19، އެވެ.
ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށާއި ރަޔާން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުންޏެވެ.