ދެ މިސްކިތަކަށް ގެއްލުން ދީފި، އެކަކު ހައްޔަރަށް
މިހާރު
11 ނޮވެމްބަރު 2025 | އަންގާރަ | 11:35
އައްޑު ހިތަދޫގެ މިސްކިތަކަށާއި މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ މިސްކިތް) ގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލައެއް ހެނދުނު 7:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ކުށުގެ ވެށިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ގއ. ގެމަނަފުށި، އައްޑަނަ، މުހައްމަދު މުތީއު ހަސަން، 24، އެވެ.