ސިވިލް ސާވިސްއަކީ ގައުމު ހިންގާ "ފައުޖު"، މުސާރައިގެ ކަންބޮޑުވުންތައް ހައްލުވާނެ: ރައީސް

މިހާރު

11 ނޮވެމްބަރު 2025 | އަންގާރަ | 12:54

ރައީސް މިއަދު ވިދާޅުވީ، މުސާރައާ ގުޅޭ އެއްވެސް ކަހަލަ ތަފާތު ކުރުމެއް ނުވަތަ އިޝޫއެއް އުޅޭ ނަމަ ހައްލުވާނެ ކަމަށް.

ސިވިލް ސާވިސް މުވައްޒަފުންނަކީ ގައުމު ހިންގާ "ފައުޖު" ކަމަށާއި އެ މުވައްޒަފުންގެ ބުރަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން މުސާރައަށް މި މަހު ގެނައި ބަދަލާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ސަރުކާރަކުން ދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ "ފައުޖަކީ" ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ ގައުމީ އިނާމު 97 ބޭފުޅަކަށް ދިން އެ ޖަލްސާގައި ރައީސް ވިދާޅުވީ އެ މުވައްޒަފުންގެ ބުރަ މަސައްކަތް އަބަދުވެސް އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ.

މައުޟޫޢުތަށް