ޑިޖިޓަލް އިގްތިސާދު ކުރިއަރުވަން ބީއެމްއެލް އިން ކުރާ މަސަައްކަތް މާސްޓަކާޑުން ފާހަގަކޮށް އެވޯޑެއް
މިހާރު
11 ނޮވެމްބަރު 2025 | އަންގާރަ | 1:14
ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް) އިން ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއަރުވަން ކުރާ މަސައްކަތް މާސްޓަކާޑުން ފާހަގަކޮށް، އެ ބޭންކަށް އެވޯޑެއް ދީފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މާސްޓާކާޑުން ފާހަގަކުރީ ޑިޖިޓަލް ކަންޓްރީ ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި އީޖާދީ ބަދަލެއް ގެނައުމަށް އެ ބޭންކުން ކެނޑިނޭޅި ކުރާ މަސައްކަތެވެ.
ސިންގަޕޫރުގައި ބޭއްވި "ޑިޖިޓަލް ފައިނޭންސް ލީޑަޝިޕް" އިވެންޓެއްގައި އެ އެވޯޑް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ މާސްޓަކާޑްގެ ސްރީ ލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު ސަންދުން ހަޕުގޮޑާ އެވެ.