އައިސިސްއާ ދެކޮޅު އިއްތިހާދުގައި ސީރިއާ ބައިވެރިވަނީ
މިހާރު
11 ނޮވެމްބަރު 2025 | އަންގާރަ | 2:01
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާ ވައިޓް ހައުސްގައި ބޭއްވެވި ތާރީހީ މަޝްވަރާތަކަށް ފަހު އައިއެސްއާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯލިޝަންގައި ސީރިއާ ބައިވެރިވާން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
ސީރިއާގައި އޮތް، ބައްޝާރުލް އަސަދުގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނައި ހަނގުރާމަވެރިންގެ ލީޑަރު ޝަރާ އަކީ 1946 ވަނަ އަހަރު ސީރިއާއަށް މިނިވަންކަން ލިބުނު ފަހުން ވައިޓް ހައުސް އަށް ވަޑައިގަތް ސީރިއާގެ ފުރަތަމަ ލީޑަރެވެ.
ނަމަވެސް އުމުރުން 43 އަހަރުގެ ޝަރާ އޯވަލް އޮފީހަށް ވަޑައިގަތީ އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުން އުނިކުރިތާ ދެތިން ދުވަސް ފަހުންނެވެ.