މާލޭގައި ދިރިއުޅޭ އެންމެންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން 15،000 ގޯތި ދޭން ހުޅުވާލަނީ
މިހާރު
11 ނޮވެމްބަރު 2025 | އަންގާރަ | 2:29
"އެ 15،000 ގޯތި ދޭނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި މާލޭގެ ދަފްތަރުގައި ތިބި މީހުންނާއި ލާޖައްސައިގެން ގޯތި ބޭނުންވާ މީހުންނަށް."
މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން 15،000 ގޯތި ދޭން ނިންމައި، އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް މާލެ އަށް ވީ ވައުދުތައް ފުއްދުމަށް ވަރަށް އަވަހަށް އެކި މަޝްރޫއުތައް އިއުލާން ކުރައްވާނެ ކަަމަށެވެ.