ފުވައްމުލަކުގެ ފެނުގެ މައްސަލަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލުވާނެ: ހީނާ
މިހާރު
11 ނޮވެމްބަރު 2025 | އަންގާރަ | 4:08
ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލުކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ފެން ލިބެން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ އިރުކޮޅެއް ކުރިން ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާތީ އެރަށުން އިއްޔެ ފެނުގެ ހިދުމަތް ކަނޑާލުމާއެކު، އެރަށް ވަނީ ފެނަށް ޖެހިފަ އެވެ.
އެކަމާ ގުޅިގެން ހީނާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވަނީ ފެން ތަޣައްޔަރުވެފައިވާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ފެން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.