މަސްތުވެގެން ހުރެ ދަރިފުޅަށް ޖިންސީ ގޯނާގެ ކުރުމުގެ ތުހުމަތުގައި މަންމައަކު ހައްޔަރުކޮށްފި
މިހާރު
11 ނޮވެމްބަރު 2025 | އަންގާރަ | 4:51
މަސްތުވެގެން ހުރެ ދަރިފުޅަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވޭ މަންމައަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މާލެ ސަރަހައްދުގައި އަންހެނަކު އޭނާގެ ދަރިފުޅަށް ޖިސްމާނީ އަނިޔާ ކުރުމުގެ އިތުރުން ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ ފަހުކޮޅު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، އުމުރުން 50 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.