މިސްކިތަކަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ އާއިލާއާ ހަވާލުކޮށްފި
މިހާރު
11 ނޮވެމްބަރު 2025 | އަންގާރަ | 6:04
މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ އޭނާގެ އާއިލާއާ ހަވާލުކޮށްފި އެވެ.
ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ މިސްކިތް) ގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް މިއަދުގެ ހެނދުނު ތަޅާލައި، ގެއްލުން ދިން މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާ މިހާރު އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.