ޓޫރިޒަމްގެ ފައިދާ ދިވެހިންނަށް: ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
މިހާރު
12 ނޮވެމްބަރު 2025 | ބުދަ | 10:47
އެންމެ ގިނަ ދިވެހިން ވަޒީފާ އަދާކުރަނީ ފޮޅާ ސާފުކުރުމާއި އޮފީސްތަކުގެ އެހީތެރިންގެ މަސައްކަތްތަކުގައި.
ޓޫރިޒަމަކީ ދިވެހިރާއްޖޭގެ އިގުސާދު އަބަދުމެ ދެމިއޮންނާނެ ބިންގާ ކަމާ މެދު އެއްވެސް ދިވެއްސަކު ޝައްކެއް ނުކުރާނެ އެވެ. މީގެ 53 އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް، ކުޅަދާނަ މަދު ދިވެހި ވިޔަފާރިވެރިންތަކެއްގެ މިންނެތް މަސައްކަތުން ފެށިގެން އައި މި ސިނާއަތުގެ ހިޔާ މިއަދު ވަނީ މުޅި އިގުތިސާދަށް ފެތުރިފަ އެވެ.
މި ގަހުގެ މޫތައް މިވަނީ އިގުތިސާދުގެ މައި މޫގެ ގޮތުގައި ފޯދިފަ އެވެ. އިތުރު ސިނާއަތްތައް ގާއިމު ކުރުމުގެ ވާހަކަ އަޅުގަނޑުމެން ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އަޅުގަނޑު ގަބޫލު ކުރަނީ ދިވެހިރާއްޖޭގެ އިގުތިސާދު ކުރިއަށް އޮތް ގިނަ އަހަރުތަކެއްގައި ބަރޯސާވާނެ މައިގަނޑު ސިނާއަތަކީ ޓޫރިޒަމް ކަމެވެ.