ފުވައްމުލަކުގެ ފެނުގެ މައްސަލަ ހައްލުކުރުން މިއަދު ހަވީރަށް ލަސްވެއްޖެ

މިހާރު

12 ނޮވެމްބަރު 2025 | ބުދަ | 1:02

ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރަން ކުރިން ބުނި ވަގުތު ލަސްވެ، އެ މައްސަލަ ހައްލުވާނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.

އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ބޭނުން ނުކުރެވޭ މިންވަރަށް ތަޣައްޔަރު ވެފައިވާތީ އެރަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް ކަނޑާލުމާއެކު، އެ ރަށް އެއްކޮށް ވަނީ ފެނަށް ޖެހިފަ އެވެ.

އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ މެންދުރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް ފެން ދޫކުރަން ފަށާނެ ކަމަށެވެ. ނަމަވެސް، އެ ވަގުތު ހަމަވިއިރު ވެސް ފެން ދޫކުރާކަށް ނުފެށެ އެވެ.

މައުޟޫޢުތަށް